ENGLISH

03 އޮކްޓޯބަރު 2025

Advertisement

‎ނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވައިލެއްވުން

03 އޮކްޓޯބަރު 2025

|

ހަސަން އާމިރު

މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ތަރައްޤީކުރަމުންދާ ނޭޝަނަލް ސަރފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި. އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން އަދާހަމަ މަޢުލޫމާތު ހޯއްދަވައި، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ. އެ މަނިކުފާނުގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވަޑައިގެންނެވި. ބައިނަލްއަޤުވާމީ ފެންވަރުގެ މި ސްޓޭޑިއަމް ތަރައްޤީކުރަމުންދަނީ، ކުޅިބަލާ ސަރަޙައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަޙައްދު، ކޮމެންޓްރީ ބޮކްސް، ކެމެރާ ޑެކް، އޮބްޒަރވޭޝަން ކޯނަރ، ޖިމް، ޓެރަސް، މަލްޓިޕަރޕަސް ހޯލް އަދި ކޮންފަރަންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭގޮތަށް. މި މަސައްކަތް ފުރިހަމަކުރެވުމުން، ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެ، މޫދު ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ.

ކިޔުންތެރިންގެ ހިޔާލު