ENGLISH

03 އޮކްޓޯބަރު 2025

Advertisement

ވޭލް ސަބްމެރިން އަލުން އޮޕަރޭޝަނަށް، ޚިދުމަތަށް 25 އަހަރު ފުރެނީ

03 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ސަބްމެރީންގެ ވެރިޔާ ކުރީގެ ވަޒީރު އޮނަރަބަަލް އުމަރު ނަސީރު --

ޓުއަރިސްޓް ސަބްމެރިން މޯލްޑިވްސް އިން އޮޕަރޭޓް ކުރަމުންދާ ވޭލް ސަބްމެރިން ޚާއްސަ މަރާމާތަށް ފަަހު އަލުން އޮޕަރޭޝަނަށް ގެނެސްފި އެވެ.

އެ ކުންފުނިން ބުނީ 45 ދުވަހުގެ ޚާއްސަ މަރާމާތަކަށް ފަހު އަދި ސަބްމެރީންގެ މުހިންމު ޓެސްޓްތަކަށް ފަހު އަލުން އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ. ދިވެހީންނާއި ފަތުރުވެރީންގެ ވެސް ބޮޑު މަގުބޫލު ކަމެއް އޮތް ސަމްބެރީން އަލުން އޮޕަރޭޝަނަށް ގެނެސްފައިވާއިރު އެ މަސައްކަތުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވި ހުރިހާ މުވައްޒިފުންނަށް ކުންފުނީގެ އެންމެ އިސްވެރިޔާ, ކުރީގެ ވަޒީރު އޮނަބަރަލް އުމަރު ނަސީރު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ޓުއަރިސްޓް ސަބްމެރިން މޯލްޑިވްސް އިން އިން ބުނީ އެ ކުންފުނީގެ ސަބްމެރީން އޮޕަރޭޝަނަށް 25 އަހަރު ފެރެންދާއިރު މިދިޔަ ދުވަސްތަކުގައި ޚާއްސަކޮށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވީ އިޤްތިސާދީ ދަތިތަކުގެ އަސަރު އަދިވެސް އެބަ އޮތް ކަމަށާނަމަވެސް އެކަމުން އަރައިގަތުމަށް ގަދަ އަޒުމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވޭލް ސަބްމެރިން

ރާއްޖޭގައި އޮތް ހަމައެކަނި ޕެސެންޖާ ސަބްމެރީނަކީ ދުނިޔޭގައި އެންމެ ފުނަށް ޑައިވްކުރާ ސަބްމެރިންތަކުގެ ތެރޭ ހިމެނޭ އަދި އެންމެ ކެޕޭސިޓީ ބޮޑު އެއް ޓޫރިސްޓް ސަބްމެރީނެވެ. ވޭލް ސަބްމެރިން މޯލްޑިވްސްގެ މި ސަބްމެރިންއަކީ އެއްފަހަރާ 50 މީހުންނަށް ދަތުރު ކުރެވޭނެ ގޮތަކަށް ފަރުމާ ކުރެވިފައިވާ ސަބްމެރީނެވެ. މީގެ 24 އަހަރު ކުރިން ޚިދުމަތަށް ނިކުތް ވޭލް ސަބްމެރިން މިހާތަނަށް 350،000 ވުރެ ގިނަ ހިމެނޭ ގޮތަށް 10،000 ވުރެ ގިނަ ޑައިވް ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު