ENGLISH

03 އޮކްޓޯބަރު 2025

Advertisement

ސްކޭޓިން އެރީނާ މަޝްރޫއަކީ ސްކޭޓުގެ ކުޅިވަރުން ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ މަޝްރޫއެއް: ރައީސް

03 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ސްކޭޓު ކުރާ ޒުވާނުންނާއި ކުޑަކުދިންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

އުސްފަސްގަނޑުގައި މި ސަރުކާރުން ތަރަައްގީކުރަން ފެށި ސްކޭޓިން އެރީނާއިން ސްކޭޓިންގެ ދާއިރާއިން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މީސްމީޑިޔާ މަންސަތަކުގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ފެށުނު ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާއީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިއްމު މަޝްރޫއެއް ކަމަށެވެ. އިއްޔެ އުސްފަސްގަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެެރީނާގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއެވެ. 

އެ އެރީނާގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ.މުޢިއްޒު ބައިވެރިވެވަޑައިގަތެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އާރްސީސީއާ ހަވާލުކޮށްގެންނެވެ. 

ރައީސް ވިދާޅުވި ގޮތުގައި އަލަށް ތަރައްގީކުރަން ފެށި އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި، މުޖުތަމައުގެ ދުޅަހެޔޮކަމށް ކުރެވޭ މުހިއްމު މަސައްކަތެކެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ އެރީނާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓުގެ ކުޅިވަރުން ކުރިއަށްދިއުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ ކަމަށެވެ. 

ރައީސްވަނީ ސްކޭޓިން އެރީނާގެ މަސައްކަތް ފެށުމުގެ މުނާސަބަތުގައި ރޯލާ ސްކޭޓާއި ސްކޭޓު ބޯޑިން ކޮމިއުނިޓީއަށް މަރުހަބާ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު