ENGLISH
03 އޮކްޓޯބަރު 2025
ޝެއިޚް މުޖްތަބާގެ ސުވާލެެއް އިމްރާނަށް: ކޮންމެ ވެރިކަމެއް ވައްޓާލަން ނިކުމެގަތުމުގެ ޝަރުޢީ ސަބަބަކީ ކޮބާ
03 އޮކްޓޯބަރު 2025
|
ޝެއިޚް މުޖްތަބާ އަދި އިމްރާން --
ކޮންމެ ވެރިކަމަކާ ދެކޮޅަށް ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުމެގަތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިކަން ސާފުކޮށް ދެއްވުމަށް ދީނީ ޢިލްމުވެރިޔާ އައްޝައިހް މުޖްތަބާ ޙަމީދު, އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކިބައިން އެދިވަޑައިގެންފި އެވެ.
ދަޢުވަތުގެ މައިދާނުގައި އެންމެ ހަރަކާތްތެރި ޢިލްމުވެރީންގެ ތެރޭގައި ހިމެނޭ ޝެއިޚް މުޖްތަބާ ވަނީ އިމްރާނަށް މައިގަނޑު ދެ ސުވާލެއް އަމާޒު ކުރައްވާފަ އެވެ. އެއީ މީގެ ކުރީން ވެސް ދެ ރައީސަކާއި ދެކޮޅަށް ވެރިކަން ވައްޓާލަން އިމްރާން އިސްވެ ނިކުތުމުން އޭނާއަށް ކުރީން ވެސް އަމާޒު ކުރައްވާފައިވާ ދެ ސުވާލު ކަަމަށް ޝެއިޚް މުޖްތަބާ ވިދާޅުވި އެވެ.
މުޖްތަބާގެ ޕޯސްޓްގައި ވިދާޅުވީ މިއަދުވެސް ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާންއާ ކޮށްލަން އޮތް ސުވާލަކީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލަން 2012 ގައި ނިކުމެގަތުމާއި، 2015 ގެ މޭޑޭގައި ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ނިކުމެގަތުމާ މެދު ކުރިމަތިކުރި ސުވާލު ކަަމަށެވެ.
".. އެއީ، ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުމެގަތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިހެއްޔެވެ؟ އެކަމަށް ކީރިތި ޤުރްއާނާއި ސުންތުން އޮތް ޙުއްޖަތަކީ ކޮބައިހެއްޔެވެ؟," އިމްރާނަށް ސުވާލުކުރައްވާ ޝެއިޚް މުޖްތަބާ ވިދާޅުވި އެވެ.
ދީނީ ޢިލްމުވެރިއެއް ނަމަވެސް ގިނަ ބަޔަކު ޢިމްރާން ސިފަކުރަނީ އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް ނިކުމެގަނެ ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލަން "ބުހުތާނު" ވާހަކަ ދައްކާ ބޭފުޅެއްގެ ގޮތުގަ އެވެ. ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ނިކުމެ އަދި ރަައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ނިކުމެ ވެސް އެފަދަ އެތައް ވާހަކަތަކެއް ދެއްކި އެެވެ.
އޭނާ މިހާތަނަށް ނުނިކުމެ ހުރީ އޭނާއަށް ހޯމް މިނިސްޓަރުކަން އޮތް ރައީސް ސޯލިހްގެ ވެރިކަމާއި ދެކޮޅަށެވެ. އެ ނޫން ހުރިހާ ރައީސުންގެ ވެރިކަމާއި ދެކޮޅަށް ނިކުތުވެ.