ENGLISH
03 އޮކްޓޯބަރު 2025
އުއްމީދަކީ ދިވެހިވަންތަ ސިފަތަކާ އެކު ފަތުރުވެރިކަން ފުޅާވެ ތަރައްގީވުން: ފަސްޓް ލޭޑީ
03 އޮކްޓޯބަރު 2025
|
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު. --ފޮޓޯ ރައީސް އޮފީސް
އެދިވަޑައިގަންނަވާ ގޮތަކީ ދިވެހިވަންތަ ސިފަތަކާ އެކު ފަތުރުވެރިކަން ފުޅާވެ ތަރައްގީވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ އެކަމަނާ އެދިވަޑައިގަންނަވާ ގޮތަކީ ދިވެހިވަންތަ ރީތި ސިފަތަކާއި މި ވެށީގެ ޗާލުކަމާއެކު، ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ފުޅާވެ، އިތުރު ތަރައްޤީއާއި ތިޔާގިކަން ޤައުމަށް ލިބެމުން ދިއުން ކަމަށެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފެށުނުތާ 53 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޚިދުމަތް މިއަދާ ހަމަޔަށް ދަމަހައްޓައި ކުރިއެރުވުމުގައި ބައިވެރިވި އެންމެހާ ޚިދުމަތްތެރީންނަށް ޝުކުރާއި މަރްޙަބާ އެކަމަނާ ވަނީ ތަކުރާރު ކުރައްވައިފަ އެވެ.
ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އެވެ. ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ. އެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ހުޅުވުނު ދުވަހާ ގުޅުވައިގެންނެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ފަށާފައި ވަނީ 1972 ވަނަ އަހަރު އެވެ.