ENGLISH

03 އޮކްޓޯބަރު 2025

Advertisement

ސަރުކާރު ފެށުނު އިރު އިސްލާމިކް މިނިސްޓްރީގައި އޮތް 50 މިލިއަންގެ ދަރަނި ދައްކައިފި

03 އޮކްޓޯބަރު 2025

|

ހަސަން އާމިރު

މި ސަރުކާރު ފެށުން އިރު އިސްލާމީ ވުޒާރާގައި އޮތް 50 މިލިއަން ރުފިޔާގެ ދަރަނި އަދާކޮށް ޚަލާސްކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.

ތަކުރާރުކޮށް ވަޢުދުވުމަށް ފަހު ވެސް މި ސަރުކާރުން ފައިސާ ނުދޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ހަވާލާދީ ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ނޮވެމްބަރު 17، 2023 ގައި ސަރުކާރު ފެށުނު އިރު އެމަނިކުފާނުގެ މުޒާރާގައި އެކަނިވެސް 30 ވަރަކަށް މިިލިއަން ރުފިޔާ ކުންފުނިތަކަށް ނުދައްކާ އޮތް ކަމަށާ އަދި މަސައްކަތްކޮށްފައި ބިލްތައް ނައިސް ހުރި އަދަދާ އެކު ދަރަނީގެ ޖުމުލަ 50 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. ނަމަވެސް އެ ހުރިހައި ފައިސާއެއް މިދިޔަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ ނޮވެމްބަރު 17، 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވުމަށް ފަހު، ފައިސާނުދީ ހުރި އެތައް ހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިންމަވާނެ ކަމަށެވެ.

ރައީސް ވިދާޅުވެފައި ވަނީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މިއީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު