ENGLISH

18 ޖުލައި 2025

Advertisement

ކަސްޓަމްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

18 ޖުލައި 2025

|

އުމްނާ އިސްމާޢީލް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 135 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފި އެވެ. 

ކަސްޓަމްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި 'އެކްސް' ގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހަރީ އުފަލުގައި ބައިވެރިވެ، ކަސްޓަމްސްގެ ވެރީންނާއި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.  އަދި ގައުމީ ޚިދުމަތުގައި ކަސްޓަމްސަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް މުއައްސަސާ ކަމަށްވާ ކަސްޓަމްސްގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ދޭން ފެށީ 18 ޖުލައި 1890 ގައެވެ. އެހެންވެ ކޮންމެ އަހަރެއްގެވެސް ޖުލައި 18 ފާހަގަކުރަނީ ކަސްޓަމްސްގެ އަހަރީ ދުވަހުގެ ގޮތުގައެވެ.

ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބަދަލުވެގެންދިޔައީ 11 މެއި 2011 ގައި ތަސްދީގުކުރި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުންނެވެ. 

ކިޔުންތެރިންގެ ހިޔާލު