ENGLISH

18 ޖުލައި 2025

Advertisement

މަޑަވެލީ ބޭރުން ބަންޑުން ޖަހާލި ޑިންގީގައި ތިބި ދެ މީހުން ސަލާމަތްކޮށްފި

18 ޖުލައި 2025

|

ހަސަން އާމިރު

ގދ. މަޑަވެލީ ބޭރުން ބަންޑުން ޖަހާލި ޑިންގީގައި ތިބި ދެ މީހުން ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަޑަވެއްޔާ ދިމާ ބޭރުން ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ޑިންގީ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 11.04 އާ އިރު ވަނީ އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް ފުލުހުންގެ ސާޗް ޓީމަށް ފެނިފަ އެވެ. ޑިންގީން ދަތުރުކުރި ދެ މީހުން ތިބީ ޑިންގީ މަތީގަ އެވެ. އެއީ 40 އަހަރުގެ މީހަކާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އޮޔާ ދިޔަ އެ ޑިންގީ ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފް ސާޗް ޓީމުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، ބެހިގެން އޮޔާ ދިޔަ އިތުރު ޑިންޑީއެއް އެމްއެންޑީއެފް ސާޗު ޓީމަށް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ޑިންގީ އަނބުރާ މަޑަވެއްޔަށް ގެންދިއުމުގައި ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު