ENGLISH

01 ޖުލައި 2025

Advertisement

އެސްއީޒެޑަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމަކީ ސަރުކާރުގެ އަމާޒު: ސަޢީދު

01 ޖުލައި 2025

|

ހަސަން އާމިރު

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގައި މިއަދު ފެށި ބިޒިނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް އިގްތިސާދު ސިންދަފާތު ކުރުމަކީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ މުހިންމު އަމާޒެއް ކަމަށެވެ. އެ ގޮތުން ރާއްޖޭގައި ގާއިމްކޮށްފައިވާ އެސްއީޒެޑް ނުވަތަ ޚާއްސަ އިގްތިސާދީ ސަރަހައްދުތަކުގައި އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް އިންވެސްޓަރުންނަށް ސަރުކާރުން ހުޅުވާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭ އެއްބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމަކީ ސަރުކާރުން އަމާޒު ހިފާފައިވާ މުހިންމު ލަނޑުދަނޑިއެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވި އެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި ދިވެހިރާއްޖޭ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މިހާތަނަށް 680 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. މި ގޮތުން މިހާރު ވެސް އެސްއީޒެޑުގައި އިޔާދަކުރަނިވި ޙަކަތައިގެ ބިޔަ މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ސިންގަޕޫރުގައި ފެށި ބިޒިނަސް ފޯރަމްގައި ރައީސް އަދި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. 

ރާއްޖޭގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ ސަރުކާރުގެ އެކި ސިޔާސަތުތަކާއެކު އިޔާދަކުރަނިވި ޙަކަތައިގެ ދާއިރާއާއި ފަތުރުވެރިކަމާއި، އަދި މިނޫން ވެސް މުހިއްމު ދާއިރާތަކުގައި ފަހި ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހުރި ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ވިޔަފާރިތަކަށް ރައްކާތެރި މާޙައުލެއް އޮތްކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު