ENGLISH

02 ޖުލައި 2025

Advertisement

ވީއޭއެމް ކަޕް: ހުރާ ޓީމު ބަލިކޮށް، ސިފައިން ފައިނަލަށް

01 ޖުލައި 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ވާދަކުރާ ދިވެހި ސިފައިންގެ ކްލަބު މެޗެއްގެ ކުރީން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ވީއޭއެމް

މިހާރު ކުރިއަށްދާ ވީއޭއެމް ކަޕްގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބް ފައިނަލަށް ދަތުރުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ 25-20، 25-21 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ކެޕްޓަން، ހުސެއިން ޝާހިދު އެވެ.

މި މުބާރާތުގެ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބު ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ކިޔުންތެރިންގެ ހިޔާލު