ENGLISH

07 ޖޫން 2026

Advertisement

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި

07 ޖޫން 2026

|

އައިމިނަތު ޝަފާ

މަސްވެރިން އަތުން މަސް ކިލޯއެއް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ މި ބަދަލަކީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފެހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށެވެ. މި އަގާއެކު މިފްކޯއިން މަސް ގަންނަ އަގު މިހާރު ވަނީ އަމިއްލަ ކުންފުނިތަކުން (ޕްރައިވެޓް ސެކްޓާ) މަސް ގަންނަ އަގުތަކާ އެއްވަރުކޮށްފައެވެ. 

މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. 

ރާއްޖޭގެ ހުރިހާ ހިސާބަކަށް މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރު މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކުރުމުން މަސްވެރިންނަށް ލިބޭ އާއްމުދަނީ އިތުރުވެގެންދާނެއެވެ. މިއީ މި ދަނޑިވަޅުގައި މަސްވެރިންނަށް ލިބުނު ބޮޑު ހިތްވަރެކެވެ. 

މިފްކޯއިން މިދިޔަ އަހަރުގެ ފަހުކޮޅުވެސް 18.50 އަށް މަސް ގަތެވެ. އެެހެންނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ތެޔޮ އަގުބޮޑުވެ، މިފްކޯގެ އޮޕަރޭޝަނަށް އޭގެ ނޭދެވޭ އަސަރުކުރުމާއި ގުޅިގެން މަސް ގަަންނަމުން އައީ 17 ރުފިޔާގެ ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު