ENGLISH

07 ޖޫން 2026

Advertisement

އިންޓަރނޭޝަނަލް ސެޝަން ފޯ ޔަންގް އޮލިމްޕިކް އެމްބެސެޑަރސްގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

07 ޖޫން 2026

|

އިސްމާއިލް ޝާހު

އިންޓަރނޭޝަނަލް ސެޝަން ފޯ ޔަންގް އޮލިމްޕިކް އެމްބެސެޑަރސްގައި ބައިވެރިވުމަށް ފުރި ޒުވާން އަންހެން ދުވުންތެރިޔާ އާއިޝަތު ޝަބާ ސަލީމް --- ފޮޓޯ: އެމްއޯސީ

އިންޓަރނޭޝަނަލް އޮލިމްޕިކް އެކެޑަމީ (އައިއޯއޭ) އިން އިންތިޒާމުކޮށްގެން މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ "66 ވަނަ އިންޓަރނޭޝަނަލް ސެޝަން ފޯ ޔަންގް އޮލިމްޕިކް އެމްބެސެޑަރސް" ގައި ބައިވެރިވުމަށް ޒުވާން އަންހެން ދުވުންތެރިޔާ އާއިޝަތު ޝަބާ ސަލީމް ގްރީސްއަށް ފުރައިފިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ ޤައުމީ އޮލިމްޕިކް ކޮމިޓީތަކުން ޒުވާން މަންދޫބުން ބައިވެރިވާ މި ސެޝަނަކީ، އޮލިމްޕިކް ހަރަކާތުގެ ތެރެއިން ބައިނަލްއަޤުވާމީ ގުޅުންތައް ވަރުގަދަކޮށް، އޮލިމްޕިކްގެ މުހިންމު އަސާސްތަކާއި އަގުތައް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ބައްދަލުވުމެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ މި ފުރުސަތުގައި ޝަބާ ގްރީސްއަށް ފުރިއިރު، އޭނާ މި ފަހުން ވަނީ ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށްފައެވެ. އެގޮތުން މިދިޔަ މެއި މަހު ޗައިނާގެ ޗޮންގޗިންގައި ކުރިއަށްދިޔަ ހަތަރުވަނަ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ޝަބާ ރާއްޖެ ތަމްސީލުކުރިއިރު، އޭނާ ވަނީ އޭގެ ކުރިން ޗައިނާގެ ސަންޔާގައި ބޭއްވި ހަވަނަ އޭޝިއަން ބީޗް ގޭމްސްގައިވެސް ވާދަކޮށްފައެވެ. އަދި މިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައިވެސް ޝަބާ ވަނީ ވާދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު