ENGLISH

02 ޖުލައި 2025

Advertisement

ވީއޭއެމް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ އެޗްޑީސީ އަށް

01 ޖުލައި 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި އެޗްޑީސީ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ ވީއޭއެމް ކަޕް ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކްލަބް އެޗްޑީސީ އިން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަތުން އެޗްޑީސީ މޮޅުވީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު، 28-26 އިން އެންމެ ފަހުގެ ޗެމްޕިއަން، އެޗްޑީސީ ގެންގޮސްފައިވަނިކޮށް، ދަޑިމަގުން ވަނީ 25-21 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ.

އެއަށްފަހު ދެން ކުޅެވުނު ތިންވަނަ އަދި ހަތަރުވަނަ ސެޓުން އެޗްޑީސީ ކުރިހޯދީ 25-19 އަދި 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ބިދޭސީ ކުޅުންތެރިޔާ، ސެބާސްޓިއަން ގިރާލްޑޯ އެވެ.

ކިޔުންތެރިންގެ ހިޔާލު