ENGLISH
02 ޖުލައި 2025
ޓީ20 ކްރިކެޓް ޕްރިމިއާ ލީގު މި މަހު 4 ގަ ފަށަނީ
01 ޖުލައި 2025
|
މީގެކުރީން ކުޅުނު މުބާރާތެއްގެ ތެރެއިން. --ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ކުޅުން އަންނަ ހުކުރު ދުވަހު ފަށަން ތާވަލްކޮށްފިއެވެ.
ހަފްތާ ބަންދުގައި އެކަނި ކުޅޭ ގޮތަށް ތާވަލްކޮށްފައިވާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މާލޭ އެކުވެނި ކްރިކެޓް ގްރައުންޑްގައި މި ޖުލައި މަހުގެ 4 އިން އޮގަސްޓް 8 ގެ ނިޔަލަށެވެ. އެއީ، ޓީ20 ކްރިކެޓް ޕްރިމިއާ ލީގަށް ފަހު ޕްރެޒިޑެންޓްސް ކަޕްގެ ކުޅުމާއެކު އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތުގައި ވެސް ހަ ޓީމެއް ވާދަކުރާނެ އެވެ. އެއީ، މިލާން ކްރިކެޓް އެކަޑެމީ (އެމްސީއޭ) ގެ އިތުރުން، އޮއްފު އެފްސީ، ސީބީއެލް ސްޕޯޓްސް، އެމްއެސްއެޗްއެޗްއެސްއޭ އާއި ނިއުސްޓަރ އަދި އެމްއެސްސީ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހެނދުނު އޮއްފު އެފްސީ ނިކުންނާނީ ސީބީއެލްއާ ދެކޮޅަށެވެ. އެ ދުވަހުގެ ދެވަނަ މެޗުގައި މެންދުރުފަހު އެމްއެސްއެޗްއެޗްއެސްއޭ ބައްދަލުކުރާނީ ނިއު ސްޓަރއާ އެވެ.
ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދީ ވެސް މިލާން ކްރިކެޓް އެކަޑެމީ (އެމްސީއޭ) އެވެ. އެއީ ފުރިހަމަ ރެކޯޑަކާއެކުގަ އެވެ.