ENGLISH

10 މޭ 2025

Advertisement

އެޕްރީލް މަހު ވެސް ކަރަންޓް ބިލުން ޑިސްކައުންޓް ދީފި

10 މޭ 2025

|

ހަސަން އާމިރު

މި އަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓުބިލަށް ވެސް ޑިސްކައުންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

މާރިޗު މަހުގެ (ރަމަޟާން މަހުގެ) ދުވަސްތައް ނިމުމަށް ފަހު، އޭޕްރީލް މަހުގެ ބިލްތަކުން ވެސް މިއަހަރު ޑިސްކައުންޓެއް ދީފައި ވަނީ، ސްޓެލްކޯ އިން ބުނި ގޮތުގައި، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން ޢާއްމުކޮށް ކަރަންޓު ބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް ދިނުމަށެވެ.

"އޭޕްރީލް މަހުގެ ކަރަންޓު ބިލު މިކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ 'ކަރަންޓު ބޭނުންކުރެވުނު ވަރު' އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އެމައުންޓް (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މިދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ." ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު