ENGLISH

03 ޖުލައި 2025

Advertisement

ވިލުފުށީގައި ދެ ދޯންޏެއްގައި އަލިފާން ރޯވުން؛ ދޯނީގެ ވެރިމީހާ އައިސީޔޫގައި

02 ޖުލައި 2025

|

އަޙުމަދު ޙަމީދު

ތ. ވިލުފުށީގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި ފިހުނު ދެ މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އިއްޔެ ހިނގި ނުރައްކާތެރި ހާދިސާގައި ފިހުނީ ބިދޭސީ އަކާއި ދިވެއްސެކެވެ. ދިވެހި މީހާ އަކީ އަލިފާނުގެ ހާދިސާ ހިނގި ދެ ދޯނީގެ ވެރިމީހާ އެވެ. 

އަލިފާނުގެ ހާދިސާގައި ފިހުނު, ދޯނީގެ ވެރިޔާމީހާ މަހުމޫދު މުހައްމަދަށް މިވަގުތު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށާ ހާލު ދެރަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ. ބިދޭސީ މީހާގެ ހާލު ސްޓޭބަލް އެވެ.

ތެޔޮ އުފުލާ ދޯނިތަކުގައި ރޯވާން ދިމާވި ސަބަބެއް ރަސްމީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް، ބައެއް މަސްދަރުތަކުގައި ހާމަކޮށްފައިވާގޮތުން، އަލިފާން ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓާ ޕަމްޕު ޖެއްސުމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު