ENGLISH
03 ޖުލައި 2025
ރައީސްގެ ދެކަނބަލުން، އައިޓީއީ ހެޑްކުއާޓަރސް އެންޑް އައިޓީއީ ކޮލެޖް ސެންޓްރަލަށް ޒިޔާރަތްކުރެއްވުން
02 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އައި.ޓީ.އީ) ހެޑްކުއާޓާޒްއާއި އައި.ޓީ.އީ ކޮލެޖް ސެންޓްރަލްއަށް ޒިޔާރަތްކުރައްވައިފި. ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ބައިވެރިވެވަޑައިގަންނަވާ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ އައި.ޓީ.އީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑޮކްޓަރ ގޯ މޮންގް ސޮންގް. އައި.ޓީ.އީގެ ސަބްސިޑަރީއެއް ކަމަށްވާ، އައި.ޓީ.އީ އެޑިއުކޭޝަން ސާވިސަސް (އައި.ޓީ.އީ.އެސް) މެދުވެރިކޮށް، އެ މުއައްސަސާއިން ދަނީ، ބޭރު ޤައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކަށް، ހުނަރު ތަރައްޤީ ކުރުމާއި ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދެމުން.