ENGLISH
23 ޖުލައި 2026
މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި
23 ޖުލައި 2026
|
ދުވާފަރުން ހައްޔަރުކުރި ހަތަރު މީހުން - ފޮޓޯ: ޕޮލިސް
އެންމެ މަޤްބޫލު
މަސްތުވާތަކެތީގެ ތުުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރ. ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އެއީ ކަޝްމީރުގެ، މައިސަމް މުޞްޠަފާ (22އ) އާއި، އުފާ، ޢަލީ ފިރްޞާދު އާދަމް (21އ) އާއި، ހިރުނދުގެ، ޢަލީ ހަސްރާނު (21އ) އާއި، އަދި ސަކްސަސް، މުޙައްމަދު ސުނޭޙް (19އ) އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ އަދި ވިއްކާ ވިޔަފާރިކުރާކަމަށް ތުުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންގައި މި ހިނގާ ޖުލައި މަހު 21 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެރަށުގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއި އެތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނިފައިވެއެވެ.
މި މައްސަލައިގައި މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މައިސަމް މުޞްޠަފާ އަށް 15 ދުވަހުގެ މުއްދަތު ޖަހާފައެވެ. އަދި ބާކީ ތިބި ތިން މީހުން ވެސް 10 ދުވަހުގެ މުއްދަތަށް ންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދުވާފަރު ޕޮލިހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.