ENGLISH
23 ޖުލައި 2026
ޗެރިޓީ ޝީލްޑް މެޗުން މި މަހުގެ 31 ގައި ފުޓްބޯޅަ ސީޒަން ފަށަނީ
23 ޖުލައި 2026
|
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ރާއްޖޭގެ އައު ފުޓްބޯޅަ ސީޒަން މި މަހުގެ 31 ވަނަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފައެވެ.
ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އެފްއޭ ކަޕުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. ޗެރިޓީ ޝީލްޑުގެ އެންމެ ކާމިޔާބު ޓީމަކީ ހަ ފަހަރު ޝީލްޑް އުފުލާލާފައިވާ މާޒިޔާއެވެ. ނިއު ރޭޑިއަންޓުން ވަނީ ދެ ފަހަރު ޝީލްޑް ކާމިޔާބުކޮށްފައެވެ.
ކުރިއަށް އޮތް ސީޒަނުގެ ކަލަންޑަރު ރަސްމީކޮށް އެފްއޭއެމްއިން އިއުލާންކޮށްފައި ނުވި ނަމަވެސް، ޗެރިޓީ ޝީލްޑް މެޗަށް ފަހު އައު ސީޒަނުގެ ފުރަތަމަ މުބާރާތަކަށް އޮންނާނީ އަންނަ އޮގަސްޓް މަހު ބާއްވާ ކަޕް ވިނާސް ކަޕެވެ. މިއީ ޒަމާނުއްސުރެ ސީޒަން ހުޅުވަން ކުޅެމުން އައި މުބާރާތް، އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ބާއްވާ ފުރަތަމަ ފަހަރެވެ.
އެފްއޭއެމްއިން 1995 ވަނަ އަހަރު ތައާރަފުކުރި ކަޕް ވިނާސް ކަޕް އެންމެ ފަހުން ބޭއްވީ 2008 ވަނަ އަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަހަރުގެ މުބާރާތުގައި ބައިވެރިވާނީ މާޒިޔާ އާއި، ނިއު ރޭޑިއަންޓުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކުލަބެވެ.
ކަޕް ވިނާސް ކަޕަށް ފަހު އަންނަ މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާއިން ތަޖިކިސްތާންގެ ރެގާރު-ޓަޑާޒްއާ ބައްދަލުކުރާ މެޗާއި، އަންނަ މަހުގެ 31 އިން ސެޕްޓެމްބަރު 6 އަށް މިޔަންމާގެ ވެރިރަށް ޔަންގޮންގައި ކުޅޭ އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން މެޗުތަކަށް ވަގުތު ދިނުމަށްފަހު، ދިވެހި ޕްރިމިއަރ ލީގު ފަށަން ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށްވެސް މައުލޫމާތު ލިބެއެވެ.