ENGLISH

16 ޖުލައި 2026

Advertisement

ޒަކާތު ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑި އޮގަސްޓް 16 އާ ހަމައަށް އިތުރުކޮށްފި

16 ޖުލައި 2026

|

ޢަލީ ޝަހީމް

މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ 2026 ވަނަ އަހަރުގެ މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ. 

މި ބަދަލާ އެކު، ކުރިން 16 ޖުލައި 2026 އަށް ހަމަވާން އޮތް ސުންގަޑި މިހާރު ވަނީ 16 އޮގަސްޓު 2026 ގެ 14:00 އާ ހަމައަށް އިތުރުކޮށްފައެވެ.

ޒަކާތު ހައުސްއިން ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލީ މޭ 17 ވަނަ ދުވަހުއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މާސްޓަރސް (ލެވެލް 9) އާއި ޕީ.އެޗް.ޑީ (ލެވެލް 10) އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ.

މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 40 ފުރުޞަތު ހުޅުވާލާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތާއި ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑު ހިމެނޭ ގޮތަށް ދޭ 5 ފުރުޞަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ފުރުޞަތެވެ.

މީގެ އިތުރުން، އިޢުލާނުގައި ބަޔާންކޮށްފައިވާ އިސްލާމީ ދާއިރާތަކުގެ ބޭރުން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ޕްރޮޕޯސަލު ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މިގޮތަށް ހުށަހަޅާއިރު، އެ ދާއިރާއަކުން ކިޔެވުމުން ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރާނެ ފައިދާ ސާފުކޮށް ބަޔާންކޮށްދޭންޖެހެއެވެ. 

ޒަކާތު ސްކޮލަރޝިޕް 2026 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އިތުރުކުރުމުގެ މަޤްސަދަކީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަނާޅާ ތިބި ފަރާތްތަކަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުމެވެ. އެހެންކަމުން، 16 އޮގަސްޓު 2026ގެ 14:00ގެ ކުރިން [email protected] އަށް އީމެއިލު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

https://zakathouse.gov.mv/mzh_scholarships 

ކިޔުންތެރިންގެ ހިޔާލު