ENGLISH
16 ޖުލައި 2026
ވިލުފުށީގައި ތަރައްގީކުރާ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް ނިންމާލައިފި
16 ޖުލައި 2026
|
ވިލުފުށީ އައުޓްޑޯ ޖިމް ނިމި ހުޅުވަން ތައްޔާރުވުން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ތ. ވިލުފުށީގައި ސަރުކާރުން ތަރައްގީކުރާ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
މި އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ވިލުފުށީ އައުޓްޑޯ ޖިމް ނިމި ހުޅުވަން ތައްޔާރުވުން - ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުތަކަކީ ރައްޔިތުންގެ ޖިސްމާނީ، އަދި ނަފްސާނީ ޙާލަތު ރަނގަޅުކޮށް، ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާގެން ކުރައްވަމުން އަންނަ މަސައްކަތްތަކެކެވެ.
ސްޕޯޓްސް މިނިސްޓްރީން ފިޔޯރީ އައުޓްޑޯ ޖިމްގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އަމާޒުގެ ދަށުން ސަރުކާރުން ވަނީ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައެވެ. އެގޮތުން މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް އެޗްޑީސީން ހަމަޖެހިފައި ވާއިރު، 13 ރަށެއްގައި އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.