ENGLISH
16 ޖުލައި 2026
ހެންވޭރު ޓާމިނަލްއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އަޅާ ނިންމައިފި
15 ޖުލައި 2026
|
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާ ނިންމާފައި - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ތާރު އެޅުމުގެ ހުރިހާ މަސައްކަތްތަކެއް ނިންމައިފިއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދޭއް އަދި ތިން ވަނަ ސެގްމަންޓުގައި ހިމެނޭ ޕާކިންގ ޒޯން ހެދުމާއި، ދުވާރުގައި ގާ އެތުރުމާއި، އަދި ކޭބަލް ޓްރެންޗް އެޅުމުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
މަޝްރޫޢުގެ އެންމެ ފަހު މަރުޙަލާގެ މަސައްކަތްތައް ފެށިފައިވާއިރު، މި ހަފުތާގެ ތެރޭގައި ސެގްމަންޓް 2 އަދި 3 ގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޖަންކްޝަންތައް އުސްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26 ގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު ފުޅާކުރުމުން ޓްރެފިކް ފްލޯ ރަނގަޅުވެ، އެ ސަރަހައްދުގައި ހުރި އޮފީސްތަކާއި، ބޭންކުތަކާއި ވިޔަފާރިތަކަށް އިތުރު ޕާކިންގ ޖާގަ ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް އޮގަސްޓް 2024 ގައި ފަށާފައިވާއިރު، މީގެ ތެރޭގައި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ކުރިން ނިންމާފައިވާ ބައިތައް، އޭގެ ތެރޭގައި އިއްޒުއްދީން ފާލަމާއި ދަތުރުވެރިންގެ މާރުކޭޓު ހިމެނޭ ސަރަހައްދު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމަށް ވަނީ ލުޔެއް ލިބިފައެވެ.