ENGLISH

16 ޖުލައި 2026

Advertisement

ތައިލެންޑުން ދިވެހި ދަތުރުވެރިންނަށް ވިސާގެ އިތުރު ލުއިތަކެއް ދީފި

15 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ތައިލޭންޑުގެ ސުވަރނަބޫމީ އިންޓަރނޭޝަނަލް އެއަރޕޯޓް

ތައިލެންޑުން ދިވެހި ދަތުރުވެރިންނަށް ވިސާގެ އިތުރު ލުއިތަކެއް ދީފިއެވެ.

ތައިލެންޑުގެ ކެބިނެޓުން ފާސްކުރި ވިސާގެ އާ ސިޔާސަތުގެ ދަށުން، ދިވެހި ދަތުރުވެރިންނަށް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ތައިލެންޑަށް އެތެރެވުމުގެ ފުރުސަތު ލިބޭނެއެވެ.

މި ނިންމުން ފާސްކޮށްފައިވަނީ އެ ގައުމުގެ ވިސާ އެގްޒެމްޕްޝަން ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުއެވެ. އާ ސިޔާސަތުގެ ދަށުން، މީގެ ކުރިން 93 ގައުމަކާއި ސަރަހައްދެއްގެ ރައްޔިތުންނަށް ދެމުންދިޔަ 60 ދުވަހުގެ ވިސާ-ފްރީ އިންތިޒާމު ތައިލެންޑުން ނިމުމަކަށް ގެންނާނެއެވެ. މި ބަދަލު ގެނައީ އެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

އިސްލާހުކުރެވުނު ގަވާއިދުތަކުގެ ދަށުން 59 ގައުމަކާއި ސަރަހައްދެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި އެންމެ ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ތައިލެންޑަށް އެތެރެވުމުގެ ހުއްދަ ލިބޭނެއެވެ.

މި އާ ސިޔާސަތުގެ ދަށުން 30 ދުވަހުގެ ވިސާ-ފްރީ އެންޓްރީ ލިބޭ 59 ގައުމުގެ ލިސްޓުގައި ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާ އަދި މޯލްޓާއާއެކު ދިވެހިރާއްޖެ ވަނީ ހިމަނާފައެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ހުރިހާ 27 ގައުމަކަށް ވެސް މި ލުއި ލިބޭނެއެވެ.

ސީޝެލްސް އަދި މޮރިޝަސްގެ ރައްޔިތުންނަށް 15 ދުވަހުގެ ވިސާ-ފްރީ އެންޓްރީ ދިނުމަށް ނިންމާފައިވާއިރު، އަޒަރުބައިޖާން، ބެލަރޫސް އަދި ސާބިއާގެ ރައްޔިތުންނަށް ކުރިއެކޭވެސް އެއްގޮތަށް 'ވިސާ އޮން އެރައިވަލް' ލިބޭނެއެވެ.

ވިސާގެ މި އާ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. އާ ގަވާއިދުތަކަށް އަމަލުކުރަން ފެށުމުގެ ކުރިން ތައިލެންޑަށް އެތެރެވާ ބޭރު ގައުމުތަކުގެ މީހުންނަށް، އެމީހުންނަށް ކުރިން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވަންދެން އެ ގައުމުގައި ތިބެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު