ENGLISH

15 ޖުލައި 2026

Advertisement

އެލްްޖީއޭގެ ބޯޑަށް ކޮންގްރެސްގެ ތާއީދު އޮތް ކެންޑިޑޭޓުން އިއުލާނުކޮށްފި

15 ޖުލައި 2026

|

އަޙުމަދު ޙަމީދު

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ތާއީދު ކުރާނެ ކެންޑިޑޭޓުން ކަނޑައަޅައިފި އެވެ.

ކޮންގްރެސް ޕާޓީން ކުރި އިއުލާނެއްގައި ވަނީ އެ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފަ އެވެ.

އެ ޕާޓީން ބުނީ އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އެ ޕާޓީން ތާއީދު ކުރާނެ ދެ ކެންޑިޑޭޓުންނކީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދާއި ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް މަރިޔަމް ޒީނާ ކަމަށެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އޯގަސްޓް 8 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު