ENGLISH

15 ޖުލައި 2026

Advertisement

ކްލަބް މޯލްޑިވްސް ކަޕް: ސެމީގެ ފަހު ޖާގަތައް އެމްޓީސީސީ އާއި ޗެމްޕިއަން އާރްއާރްސީއަށް

14 ޖުލައި 2026

|

އިސްމާއިލް ޝާހު

ކްލަބް މޯލްޑިވްސް ކަޕުގައި އެމްޓީސީސީ އާއި އެމްއޭސީއެލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ސެމީ ފައިނަލް ފަހު ޖާގަތައް ކުލަބު އެމްޓީސީސީ އާއި، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ދަތުރުކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގެ ސެމީގެ ޖާގައެއް އެމްޓީސީސީން ހޯދީ ކުއާޓާ ފައިނަލުގައި މި މުބާރާތް މީގެ ކުރިން ތިން ފަހަރު ކާމިޔާބުކޮށްފައިވަނީ ޓީމު އެމްއޭސީއެލް ފަސޭހަކަމާއެކު 11-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެމްޓީސީސީގެ މުޙައްމަދު އިސާމް ހަތަރު ލަނޑު ޖެހިއިރު، އެ ޓީމުގެ އިސްމާޢީލް ވަޖީހު އާއި، އަލީ މާއިސް ވަނީ ހެޓްރިކް ހަދާފައެވެ. އެމްޓީސީސީގެ އަނެއް ލަނޑު ޖަހައިދިނީ އަލީ ޝިޔާހެވެ. މި މެޗުގައި އެމްއޭސީއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ޖިނާހު، އަޒްޔާން އިބްރާހީމް އަދި އިބްރާހީމް އިމްރާހެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި އެޗްޑީސީ އާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން ސެމީގެ ޖާގައެއް މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އާރްއާރްސީން ހޯދީ މިރޭ ކުޅުނު ކުއާޓާގެ މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން ކުލަބު އަތުން 7-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި އާރްއާރްސީގެ އިސްމާޢީލް މުނީޒް ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ހުސައިއން ޣައްސާން ލަބީބް، ޝަނާން ރަޝާދު، އަޙްމަދު އަފްލާޒް އަދި މޮހްސެން މޮންތަޒޭމީއެވެ. މި މެޗުގައި ސްޓެލްކޯގެ މުޙައްމަދު ސިރުޚާން ދެ ލަނޑު ކާމިޔާބުކުރިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އިބްރާހީމް ރިމާހު އަދި ހައިޝަމް ހަސަނެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.

  • ކުލަބު އެޗްޑީސީ - އެސްޓީއޯ އާރްސީ (20:30)
  • އެމްޓީސީސީ - އާރްއާރްސީ (20:30)
ކިޔުންތެރިންގެ ހިޔާލު