ENGLISH

15 ޖުލައި 2026

Advertisement

ފަސް އަހަރުގެ އެއްބަސްވުމެއްގައި ޓީލެމަންސް ޔުނައިޓެޑަށް

14 ޖުލައި 2026

|

އިސްމާއިލް ޝާހު

ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލެމަންސް --- ފޮޓޯ: ގެޓީ

އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއަށް ކުޅެމުން އައި ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލެމަންސް، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑާ ގުޅިފައިވާކަން އެ ދެ ކުލަބުން ކަށަވަރުކޮށްދީފިއެވެ.

އުމުރުން 29 އަހަރުގެ ޓީލެމަންސް، ކޯޗު މައިކަލް ކެރިކުގެ އިރުޝާދުގެ ދަށުން ކުޅޭ ޔުނައިޓެޑާ ގުޅުނީ 35 މިލިޔަން ޕައުންޑް (46.82 މިލިޔަން ޑޮލަރު) ގެ ޓްރާންސްފާ ފީއަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިމިދިޔަ ސީޒަނުގައި އެސްޓަން ވިލާއިން ޔުއެފާ ޔޫރޮޕާ ލީގުގެ ތަށި އުފުލާލިއިރު، ޓީލެމަންސް ވަނީ އެ ޓީމަށް ކުޅުނު 35 މެޗުގައި ދެ ލަނޑު ޖަހައި، ހަތް އެސިސްޓް ހަދާފައެވެ.

ޔުނައިޓެޑާ ގުޅުމަށްފަހު ދިން އިންޓަވިއުއެއްގައި ޓީލެމަންސް ބުނީ، މެންޗެސްޓަތ ޔުނައިޓެޑް ފަދަ ޝަރަފުވެރި ކުލަބަކާ ގުޅުމަކީ ލިބުނު ބޮޑު އުފަލެއް ކަމެއް ކަމަށެވެ. އަދި މިއީ ފުޓްބޯޅައަށް ހިތްޖެހުނު ދުވަހުން ފެށިގެން ކުރަމުން އައި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމުގައި އޭނާ ފާހަގަކުރިއެވެ.

ލެސްޓާ ސިޓީގައި 195 މެޗު ކުޅުމަށްފަހު، ޓީލެމަންސް އެސްޓަން ވިލާއާ ގުޅުނީ 2023 ވަނަ އަހަރުގައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ބެލްޖިއަމްގެ ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޓީލެމަންސް ވަނީ، ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލާ ހަމައަށް ދިޔަ އެ ޤައުމުގެ ކެޕްޓަންކަން ކޮށްދީފައެވެ. އެ މުބާރާތުން ބެލްޖިއަމް ކެޓީ ސްޕެއިން އަތުން ބަލިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު