ENGLISH
14 ޖުލައި 2026
ކްލަބް މޯލްޑިވްސް ކަޕް: އެޗްޑީސީ އާއި އެސްޓީއޯ ސެމީއަށް
13 ޖުލައި 2026
|
ކްލަބް މޯލްޑިވްސް ކަޕުގައި އެޗްޑީސީ އާއި އެމްޕީއެލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ސެމީ ފައިނަލަށް ކުލަބު އެޗްޑީސީ އާއި، އެސްޓީއޯ ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގެ ސެމީގެ ޖާގައެއް އެޗްޑީސީން ހޯދީ ކުއާޓާ ފައިނަލުގައި މި މުބާރާތް މީގެ ކުރިން ތިން ފަހަރު ކާމިޔާބުކޮށްފައިވަނީ އެމްޕީއެލް 4-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެޗްޑީސީގެ އަލީ އަލްސަން ވަނީ ހެޓްރިކެއް ހަދާފައެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އަބްދުالله ސުޒައިރެވެ. މި މެޗުގައި އެމްޕީއެލްގެ އިބްރާހީމް ވަހީދު ހަސަން ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ލަނޑު ޖަހައިދިނީ އަލީ ފާސިރެވެ.
ކްލަބް މޯލްޑިވްސް ކަޕުގައި އެސްޓީއޯ އާއި ބީއެމްއެލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން ސެމީގެ ޖާގައެއް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯއިން ހޯދީ މިރޭ ކުޅުނު ކުއާޓާގެ މެޗުގައި، މި މުބާރާތް މީގެ ކުރިން ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޔުނައިޓެޑް ބީއެމްއެލް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އެސްޓީއޯގެ ލަނޑުތައް ޖަހައިދިނީ އިސްމާޢީލް އީސަ، މުޙައްމަދު އައްޒާމް، އަލީ ހައިޝަމް އަދި ހުސައިން ޝަރީފެވެ. މި މެޗުގައި ބީއެމްއެލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލް ފަހު ދެ މެޗު މާދަމާރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.