ENGLISH
11 ޖުލައި 2026
ދެކުނު އޭޝިއާގެ މުބާރާތުން ވަނަތައް ހޯދި ބޮޑީބިލްޑިން ޓީމަށް ހޫނު މަރުހަބާއެއް
11 ޖުލައި 2026
|
ދެކުނު އޭޝިއާގެ މުބާރާތުން ވަނަތައް ހޯދި ބޮޑީބިލްޑިން ޓީމަށް މަރުހަބާ ކިޔަނީ ---- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ބޫޓާނުގައި ކުރިއަށްދިޔަ 16 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ޤައުމީ ޓީމު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީއިން މި ޓީމަށް މަރުހަބާ ދެންނެވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް އާމިރެވެ.
މިދިޔަ ޖޫން މަހުގެ 30 އިން މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ އެއް ރަން މެޑެލް އަދި ދެ ރިހި މެޑެލް ހޯދާފައެވެ. އެގޮތުން އަޒްނީން ރަޝާދު ރަން މެޑަލް ހޯދިއިރު، އަޙްމަދު ނައީމް އަދި އަލީ މަބްރޫކް ލަތީފް ވަނީ ރިހި މެޑަލް ހާސިލުކޮށްފައެވެ. އަޒްނީން ރަން މެޑެލް ހޯދާފައިވަނީ މެންސް އެތުލެޓިކް ފިޒީކް 167 ސެންޓިމީޓަރު ބައިންނެވެ.
ދެކުނު އޭޝިއާގެ މުބާރާތުން ވަނަތައް ހޯދި ބޮޑީބިލްޑިން ޓީމަށް މަރުހަބާ ކިޔަނީ ---- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ނައީމް ރިހި މެޑެލް ހޯދީ މެންސް އެތުލެޓިކް ފިޒީކް 170 ސެންޓިމީޓަރު ކެޓެގެރީގައި ވާދަކޮށްގެންނެވެ. އަދި މަބްރޫކް ރިހި މެޑެލް ހޯދާފައިވަނީ މެންސް އެތުލެޓިކް ފިޒީކް 175 ސެންޓިމީޓަރު ބައިގައި ވާދަކޮށްގެންނެވެ. މީގެ އިތުރުން ޓީމުގެ އެހެން ބައެއް އެތުލީޓުންވެސް ވަނީ އެކި ކެޓެގެރީތަކުން ގަދަ ފަހެއްގެ ތެރޭގައި ހިމެނިފައެވެ.
ކޯޗު ޢަބްދުލްހަސީބް ހުސައިންގެ އިރުޝާދުގެ ދަށުން ވާދަކުރި މި ޓީމުން ބޫޓާނުގެ ވެރިރަށް ތިމްޕޫގައި ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވަނީ އޭޝިއާގެ ވަރުގަދަ އެތުލީޓުންނާ ވާދަކޮށްގެންނެވެ.