ENGLISH

06 ޖުލައި 2026

Advertisement

ވޯލްޑް ކަޕުން ބްރެޒިލް ކެޓުމާއެކު، ނޭމާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

06 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބްރެޒިލްގެ ލެޖެންޑް ނޭމާ --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ނޯވޭއާ ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާއަކުން ބްރެޒިލް ބަލިވުމާ ގުޅިގެން، އެ ޤައުމުގެ ފުޓްބޯޅަ ލެޖެންޑް ނޭމާ ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ފޯވާޑް އޭނާގެ ކެރިއަރު ނިންމާލީ ބްރެޒިލްގެ ޤައުމީ ޓީމަށް ކުޅެދިން 129 މެޗުގައި 80 ލަނޑު ޖަހައި، އެ ޤައުމުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފާއެކުގައެވެ.

ނޭމާ ބްރެޒިލްގެ ސީނިއަރ ޓީމަށް ފުރަތަމަ ކުޅެން ފެށީ 2010 ވަނަ އަހަރުގައެވެ. އޭނާ ވަނީ ޖުމްލަ ހަތަރު ވޯލްޑް ކަޕެއްގައި ކުޅެފައެވެ. މީގެ އިތުރުން ދެ އޮލިމްޕިކްސް މުބާރާތެއްގައި ވާދަކޮށް، 2012 ވަނަ އަހަރު ރިހި މެޑެލް އަދި 2016 ވަނަ އަހަރު ބްރެޒިލަށް ރަން މެޑެލް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

މި އަހަރުގެ ވޯލްޑް ކަޕުގައި ނޭމާ ފެނިގެންގޮސްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ދެ މެޗުގައެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކުޑަވަގުތުކޮޅަކަށް އޭނާ ކުޅެން ނުކުތްއިރު، މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ މިރޭ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީއަކުން ޖެހި ލަނޑެވެ.

މި މޮޅާއެކު ނޯވޭ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. ކުއާޓާ ފައިނަލުގައި އެ ޤައުމު ބައްދަލުކުރާނީ މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކިޔުންތެރިންގެ ހިޔާލު