ENGLISH
06 ޖުލައި 2026
އުރުދުންގެ ކޯޗުގެ މަގާމުން ސަލާމީ ވަކިވެއްޖެ
06 ޖުލައި 2026
|
އުރުދުންގެ ޤައުމީ ޓީމުގެ ކޯޗު ޖަމާލް ސަލާމީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުން ކަޓައި، މުބާރާތާ އަލްވަދާއު ކިޔަން ޖެހުމާ ގުޅިގެން، އުރުދުންގެ ޤައުމީ ޓީމުގެ ކޯޗު ޖަމާލް ސަލާމީ މަގާމުން ވަކިވެއްޖެއެވެ. ކޮޗު މަގާމުން ވަކިވެފައިވާކަން މިއަދު އިއުލާންކުރެއްވީ އެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް، އަމީރު އަލީ ބިން އަލް ހުސައިނެވެ.
ސަލާމީގެ އިރުޝާދުގެ ދަށުން އުރުދުން ވަނީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. ނަމަވެސް، ގްރޫޕް ޖޭގައި އޮސްޓްރިއާ، އިރާގު އަދި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.
އަމީރު އަލީ ބިން އަލް ހުސައިން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުރުދުންގެ ޤައުމީ ޓީމާއެކު ސަލާމީ ކުރެއްވި ދަތުރު ނިމުމަކަށް އައިސްފައިވާ ކަމަށާއި، ޤައުމީ ޓީމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، ހޯދައިދެއްވި ތާރީޚީ ކާމިޔާބީއަށާއި، ވެދެއްވި މިންނެތް ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
2024 ވަނަ އަހަރުގެ ޖޫން މަހު އުރުދުންގެ ކޯޗުކަމާ ހަވާލުވި ސަލާމީގެ ކޯޗުކަމުގެ ދަށުން އެ ޤައުމުން ވޯލްޑް ކަޕުގައި ދެއްކި ނަތީޖާ ދަށްވުމުގެ ސަބަބުން، 2027 ވަނަ އަހަރުގެ އޭޝިއަން ކަޕުގެ ކުރިން އޭނާ ވަނީ މަގާމުން ވަކިވެފައެވެ.
ސަލާމީގެ އިރުޝާދުގެ ދަށުން އުރުދުން ވަނީ 2025 ވަނަ އަހަރުގެ އަރަބި ކަޕުގެ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މުބާރާތުގެ ފައިނަލުގައި އިތުރު ވަގުތު ކުޅެގެން 3-2 ގެ ނަތީޖާއަކުން އުރުދުން ބަލިވީ ސަލާމީގެ އަމިއްލަ ޤައުމު ކަމަށްވާ މޮރޮކޯ އަތުންނެވެ. ޤައުމީ ޓީމަށް ހޯދައިދިން ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އުރުދުންގެ ސަރުކާރުން ވަނީ އޭނާއަށް އެ ޤައުމުގެ ރައްޔިތުކަންވެސް އަރުވާފައެވެ.