ENGLISH

06 ޖުލައި 2026

Advertisement

ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާ: 58 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެނީ

06 ޖުލައި 2026

|

އަޙުމަދު ޙަމީދު

މިރޭ ހިނގި އަލިފާނުގެ ހާދިސާގައި މީހަކު ފަރުވާއަށް ގެންދަނީ --- ފޮޓޯ: ވޮއިސް

ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ.

އެ އޮތޯރިޓީން ބުނީ 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެއީ 24 ފިރިހެނުންނާއި 30 އަންހެނުންނާއި އަދި ހަތަރު ކުޑަކުދީންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 18 މީހަކު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި އެ އެޕާޓްމަންޓްގެ ބައެއް ވަނީ އަނދާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު