ENGLISH
06 ޖުލައި 2026
ހުޅުމާލެއިން އާންމުންނަށް ދޫކުރި ބިންތަކުން ރައްޔިތުންނަށް ފަސޭހަކަމާ ތަނަވަސްކަން ލިބޭނެ ގޮތް ހަދަނީ
06 ޖުލައި 2026
|
މިރޭގެ ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ --
އެންމެ މަޤްބޫލު
ސަރުކާރުން މަސައްކަތް ކުރާނީ ހުޅުމާލޭގެ ބިންތައް ރައްޔިތުންނަށް ފަސޭހަކަމާ ތަނަވަސްކަން ލިބޭނެގޮތަށް ބޭނުންކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ހިޔާ ޓަވަރުތަކުގައި ލިފްޓް މަދުވުމުގެ ސަބަބުން އާންމުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރުމަށް އިތުރު ލިފްޓް ހަރުކުރުމުގެ ތެރެއިން ހުރިހާ ޓަވަރެއްގެ ދެ ލިފްޓް ހަރުކޮށް ނިންމާ ހުޅުވާލުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ހުޅުމާލެއިން 2,000 ވުރެ ގިނަ ގޯތި އާންމުންނަށް ދޫކޮށްފައިވާ ކަމަށާ އެ ބިންތައް ރައްޔިތުންނަށް ފަސޭހަކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް ބޭނުންކުރުމުގެ މަގު ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ. ވަޒީރު ވިދާޅުވީ ހުޅުމާލޭގައި ފޯރުކޮށްދޭން ޖެހޭ ހުރިހާ ޚިދުމަތަކީ އެޗްޑީސީގެ ބިންތަކުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކެއް ނޫން ކަމަށެވެ.
އެ ފުރުސަތު ފަހިކުރުމަށް އާންމުންނަށް ދޫކޮށްފައިވާ ބިންތައް ބޭނުންކުރުމުގައި އެޅުވިފައިވާ "ތަޅު" ނައްޓުވާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ ބިންތަކުގައި އިމާރާތްކޮށް ޕްރީސުކޫލާއި ކްލިނިކާއި ޝޮޕިން ކޮންޕްލެސްތައް ތަރައްގީކުރަން ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހެއޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދާ, މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ ގޮތްވެސް ތަނަވަސްކޮށްދޭން،"
ވަޒީރު ވިދާޅުވީ އެގޮތަށް ބަދަލުކުރުން ބިންތައް ލިބިފައިވާ މީހުންނާއި މުޅި މުޖްތަމައުއަށް ފައިދާކުރާނެ ކަމަށެވެ. އަދި ހުޅުމާލޭގެ އިޤްތިސާދަށް ހެޔޮ ބަދަލުތައް އައިސް ޚިދުމަތްތައް ޤާއިމުކުރެވޭނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެއީ ކަމުގައި ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފަސޭހަކަމާ ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކެއް ތަނަވަސްކޮށްދެވޭތޯ،" ވަޒީރު މުއްތަލިބު ވިދާޅުވި އެވެ.