ENGLISH

06 ޖުލައި 2026

Advertisement

އަލިފާނުގެ ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކޮށްގެން ތުއްތު ކުއްޖަކާއި 20 މީހަކަށް ފަރުވާ ދެނީ

06 ޖުލައި 2026

|

އަޙުމަދު ޙަމީދު

މިރޭގެ އަލިފާނުގެ ހާދިސާ --

މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކޮށްގެން ތުއްތު ކުއްޖަކާއި 20 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 18 މީހަކު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި އެ އެޕާޓްމަންޓްގެ ބައެއް ވަނީ އަނދާފަ އެވެ.

58 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެނީ

އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ.

އެ އޮތޯރިޓީން ބުނީ އެއީ 24 ފިރިހެނުންނާއި 30 އަންހެނުންނާއި އަދި ހަތަރު ކުޑަކުދީން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު