ENGLISH

05 ޖުލައި 2026

Advertisement

ފަވަރައާއި ޔޫޕީއައި ގުޅާލުން މި މަހު ޓެސްޓުކުރަނީ

05 ޖުލައި 2026

|

އައިމިނަތު ޝަފާ

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުން ޓެސްޓުކުރަން މިމަހު ފަށާނެކަމަށް މަރުކަޒީ ބޭންކް -- އެމްއެމްއޭއިން ބުނެފިއެވެ. 

ފަވަރަ އާއި ޔޫޕީއައި ގުޅުވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމެވެ. 

އެމްއެމްއޭއިން ބުނީ ފަވަރައާއި ޔޫޕީއައި ގުޅުވާލުމަށްޓަކައި ޓެސްޓިން މަރުހަލާ ފެށުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. 

  • ފުރަތަމަ މަރުހަލާގައި ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތަށް ކުރެވޭނެ އިންތިޒާމް، 2026 ވަނަ އަހަރުގެ ކުރީކޮޅު ހަމަޖެހިގެން ދާނެއެވެ.
  • ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާ އެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހި ވެގެންދާނެއެވެ.

އެމްއެމްއޭއިން ދަނީ  ނޭޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގުސަދަކީ ބޭންކްތަކާއި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު