ENGLISH
05 ޖުލައި 2026
އޭދަފުށީ ބަނދަރުގެ 54 އިންސައްތަ މަސައްކަތް ނިންމާލައިފި
05 ޖުލައި 2026
|
އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ބ. އޭދަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި އޭދަފުށީ ބަނދަރުގެ މިހާރު ކުރިއަށް ދަނީ ކެޕިން ކޮންކްރީޓްގެ މަސައްކަތްތަކެވެ.
އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ބަނދަރު ބައްތި އަދި މޫރިން ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫޢަކީ ސަރުކާރުން 64.67 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށެވެ.
އަތޮޅުގެ ވިޔަފާރީގެ މައިހަބެއްގެ ގޮތުގައި އޮންނަ އޭދަފުށީ ބަނދަރަކީ އަތޮޅުގެ އެހެން ރަށްރަށުން އެތައް އުޅަނދެއް ވަދެ ނުކުމެ ހަދާ ބަނދަރަކަށްވުމުން އެރަށުގެ ބަނދަރަކީ ތޮއްޖެހުން ބޮޑުބަނދަރެކެވެ. އެހެންކަމަނުން އޭދަފުށި ބަނދަރު އަޕްގްރޭޑްކޮށް ނިމުމުން، އެރަށުގެ ރައްޔިތުންނަށާއި، އެހެން ރަށްރަށުގެ އޭދަފުށީ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.