ENGLISH
05 ޖުލައި 2026
ތަރިކައާއި ބެހޭ ވުޒާރާ އިޝްތިހާރުކޮށް، ދެ އަހަރު ދުވަހަށް ޕީއާރު ހިންގާނެ ބަޔަކު ހޯދަނީ
05 ޖުލައި 2026
|
ގައުމީ ދާރުލްއާސާރު - ފޮޓޯ: ޓްރެވަލް
އެންމެ މަޤްބޫލު
ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިޝްތިހާރުކޮށް، އެ ތަނުގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
އެ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ ވުޒާރާގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ ޕީއާރާއި މީޑިއާ މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބުތައް މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 11:30 ގެ ކުރިން ހުށަހެޅުމަށް އެދިފައިވެއެވެ.
އިތުރަށް އިއުލާނުގައިވާ ގޮތުން އެ ވުޒާރާގެ އިތުރުން އެ ވުޒާރާގެ ދަށުގައިވާ ހަތް އިދާރާއެއްގެ އިތުރުންވުޒާރާގެ މަަސައްކަތްތަކާއި ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކުގެ ޕީއާރު ވެސް ހިންގައިދޭން ޖެހެއެވެ.
ޕީއާރު ހަދައިދޭންޖެހޭ އިދާރާތައް:
ޕީއާރު މަސައްކަތްތަކާ ހަވާލުވާ ކުންފުނީގެ ޒިއްމާތައް: