ENGLISH
05 ޖުލައި 2026
ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕުގައި 29 ސްކޫލަކުން 99 ޓީމު ވާދަކުރޭ
05 ޖުލައި 2026
|
ޤައުމީ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ތެރެއިން --- ފޮޓޯ: ވީއޭއެމް
އެންމެ މަޤްބޫލު
އަންނަ އޮގަސްޓް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ 29 ސްކޫލަކުން 99 ޓީމު ވާދަކުރާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.
މި މުބާރާތް ފަށާނެ ތާރީޚެއް ކަމަށް ވީއޭއެމްއިން ބުނެފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހެވެ.
އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭހެން، މި މުބާރާތް ހުޅުވާލާފައިވަނީ ރާއްޖޭގެ ސްކޫލުތައް ނުވަތަ މަދަރުސާތަކުގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ އެއްވަނަ ދުވަހަށް ހަމަވެފައިވާއިރު، އަތޮޅުތަކުން 20 ސްކޫލަކާއި، މާލެ ސަރަހައްދުން 9 ސްކޫލެއް ބައިވެރިވެފައިވާ ކަމަށް ވީއޭއެމްއިން ފާހަގަކުރިއެވެ. އަދި އިތުރު ޓީމުތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ވަގުތު އިތުރުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ރާއްޖެ 8 ޒޯނަށް ބަހާލައިގެން ބޭއްވުމަށް ތައްޔާރުވާ މި މުބާރާތުގައި މާލެ ހިމެނޭ ޒޯން 6 ފިޔަވާ އެހެން ޒޯންތަކުން، މުބާރާތް ހޯސްޓުކުރުމަށް ޝައުގުވެރިވާ ރަށްތަކަށްވެސް އެ ފުރުސަތު، ވީއޭއެމްއިން ވަނީ މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.