ENGLISH
02 ޖުލައި 2026
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ފާސްކުރި އިސްލާހު، ރައީސް ތަސްދީޤުކުރައްވައިފި
02 ޖުލައި 2026
|
އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ނުވަ ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.
މި އިސްލާޙުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)އިން ނަގާ ޑިއުޓީއަކީ، 4/- (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ، %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ނޮވެންބަރު މަހު، ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނެސް، ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ އިން 8ރ އަށް ބޮޑުކޮށްފައިވެއެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ނިންމީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯގެ ލަފާގެ ދަށުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން ޖޫން 27 ގައި ރަސްމީކޮށް ފަށާފައިވެއެވެ.