ENGLISH
02 ޖުލައި 2026
ހިންނަވަރު ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ކުރަމުން އަންނަނީ
02 ޖުލައި 2026
|
ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ބޭރު ތޮށީގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ބޭރު ތޮށީގައި ހިލަޖެހުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ބޮޑު ކުރުމާއި، ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން އަންނަނީ އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަމުންނެވެ. އަދި ރައްޔިތުންނަށް ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެމްޓީސީސީން އަންނަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންނެވެ.