ENGLISH
02 ޖުލައި 2026
ވިޒިޓް މޯލްޑިވްސްގެ އައު ވެންޑަރ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފި
02 ޖުލައި 2026
|
ވިޒިޓް މޯލްޑިވްސް އިން ވެންޑަރ ޕްލެޓްފޯމް އިފްތިތާހުކުރުން - ފޮޓޯ: ވީއެމްސީ
އެންމެ މަޤްބޫލު
ވިޒިޓް މޯލްޑިވްސްގެ އައު ވެންޑަރ ޕްލެޓްފޯމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ޕްލެޓްފޯމަކީ ޕްރޮކިއުމަންޓް ޕްރޮސެސް ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަރާކުރެވިފައިވާ ނިޒާމެއްގެ ދަށުން ވެންޑަރުންނަށް ފުރުސަތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ތައާރަފްކުރެވިފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގެ ސަބަބުން ދިވެހި އަދި ބައިނަލްއަގުވާމީ ސަޕްލަޔަރުންނަށް ފަސޭހަކަމާއެކު ބިޑްތަކުގައި ބައިވެރިވެ، ވެންޑަރ ރެޖިސްޓްރޭޝަން އަދި އިވެލުއޭޝަން މިންގަނޑުތައް ސްޓޭންޑަޑައިޒްކުރެވި، ޕްރިކިއުމަންޓް ޕްރޮސެސް ހަމަހަމަ ނިޒާމެއްގެ މަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ވިއެމްސީއިން މައުލޫމާތު ދީފައިވެއެވެ.
މި ޕްލެޓްފޯމްގައި އޮންލައިންކޮށް ރެޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، ވެންޑަރުންނަށް އެ ފަރާތްތަކުގެ ޕްރޮފައިލް ތައްޔާރުކޮށް މެނޭޖްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ހަމަމިއާއެކު ލިޔެކިއުންތައް ހުށަހެޅުމުގެ ފުރުސަތާއި، އޮޓޮމޭޓެޑް ނޮޓިފިކޭޝަންގެ ޒަރީއާއިން އައު ޕްރޮކިއުމަންޓްގެ މައުލޫމާތުވެސް ލިބިގެންދާނެކަމަށް ވީއެމްސީއިން ބުންޏެވެ.
މި ޕްލެޓްފޯމަކީ ރައްކާތެރި މަރުހަލާއެއްގެ ތެރެއިން ބިޑް ހުށަހެޅުން ފަސޭހަކޮށް، މައުލޫމާތު ފަސޭހަކަމާއެކު އަޕްޑޭޓް ކުރުމަށް ތައާރަފްކުރި ޕްލެޓްފޯމެއްކަމަށް ވީއެމްސީއިން ބުނެފައިވެއެވެ. މި ނިޒާމަކީ ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއް ކަމުން، އިދާރީ މަސައްކަތްތައް ފަސޭހަވެ އަވަސްވެގެންދާނެއެވެ.
މީގެ އިތުރުން، ވެންޑަރ ޕޯޓަލްގެ ސަބަބަން، ވެންޑަރުންނަށް ޕްރޮކިއުމަންޓް ފުރުސަތުތަކަށް ހަމަހަމަކަން ލިބިގެންދެއެވެ. އަދި ވެންޑަރުންނާއެކު ކުރެވޭ މުއާމަލާތްތައް ހަރުދަނާވެ، ހުރިހާ މަރުހަލާއެއްގައި ދެފުށް ފެންނަ ނިޒާމެއް ގާއިމްކުރެވިގެން ދާނެކަމަށް ވީއެމްސީއިން ބުންޏެވެ.
ވީއެމްސީގެ އިލްތިމާސަކީ ވިޔަފާރިވެރިންނާއި، ސަޕްލަޔަރުންނާއި، އައު ވެންޑަރުން ވީއެސްމީގެ ވެންޑަރ ޕްލެޓް ފޯމުގައި ރަޖިސްޓްރީ ކުރުމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުމަށް ވީއެމްސީއިން އެދިފައިވެއެވެ.