ENGLISH
28 ޖޫން 2026
އޮލިމްޕިކް ދުވަސް ފާހަގަކުރުމަށް އެމްއޯސީން ޚާއްސަ ހަރަކާތެއް
27 ޖޫން 2026
|
އޮލިމްޕިކްސް ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: އެމްއޯސީ
އެންމެ މަޤްބޫލު
ދުނިޔޭގެ އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
ހެންވޭރު ދަނޑުގައި ތަފާތު ކުޅިވަރުތަކާއެކު މިއަދު ހަވީރު ކުރިއަށްދިޔަ މި ހަރަކާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި، އެމްއޯސީގެ ރައީސް މުޙައްމަދު އަބުދުލް ސައްތާރުގެ އިތުރުން އެ ކޮމިޓީގެ އިސް ބޭފުޅުން ބައިވރިވެވަޑައިގެންނެވިއެވެ.
އޮލިމްޕިކްސް ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: އެމްއޯސީ
ކުޅިވަރުގެ މަތިވެރި ގުޅުމުގެ އެހީގައި، މުޖުތަމައުގެ އެކި ފަންތީގެ މީހުން އެއްބައިވަންތަކޮށް، އެންމެންގެ މެދުގައި އެކުވެރިކަމާއި އެއް އަމާޒަކަށް މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަށް ބޭއްވި މި ހަރަކާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން 1894 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23 ވަނަ ދުވަހު ފާހަގަކުރާ އޮލިމްޕިކް ދުވަހުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެކި މުޖުތަމައުތަކުގެ މެދުގައި ކަސްރަތާއި ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރުދިނުމެވެ. އަދި މީގެ އިތުރުން، އޮލިމްޕިކުގެ މައިގަނޑު ތިން އަސާސް ކަމަށްވާ މޮޅުކަން، އެކުވެރިކަން، އަދި އިހުތިރާމްކުރުމުގެ ސިފަ މީހުންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ދުވަހުގެ މުހިންމު ބޭނުމެކެވެ.
އޮލިމްޕިކްސް ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: އެމްއޯސީ
މި އަހަރުގެ އޮލިމްޕިކް ދުވަހުގެ ހަރަކާތްތަކުގައި ޚާއްސަ އިސްކަމެއް ދީފައިވަނީ ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ "ލެޓްސް މޫވް" ނުވަތަ "ހިނގާ ހަރަކާތްތެރިވަމާ" މި ކެމްޕޭނަށެވެ. މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ދުނިޔޭގައި ކަސްރަތުކުރުމާއި ހަރަކާތްތެރިވެ އުޅޭ މިންވަރު ދަށްވަމުންދާ ދިއުމަށް ހައްލެއް ހޯދުމެވެ. މީގެ އިތުރުން، އަމިއްލަ ނަފްސަށް އޮންނަ ޝައްކާއި ބިރުން ދުރުވެ، "ތިބާއަށްވެސް މިއީ ކުރެވޭނެ ކަމެއް!" މި ޝިއާރުގެ ދަށުން، ކޮންމެ މީހަކީވެސް ހަރަކާތްތެރި ދިރިއުޅުމެއް އުޅެވޭނެ މީހެއްކަން ހަނދާންކޮށްދީ ހިތްވަރުދިނުމެވެ.