ENGLISH
27 ޖޫން 2026
އަޑިއަށްދިޔަ ''ކުރިމަގު ދޯނި'' ފުންކުރުމުގެ މަސައްކަތް ފަށައިފި
27 ޖޫން 2026
|
ޓީޖެޓީ ސަރަހައްދު. ފޮޓޯ؛ސީއެންއެމް.
އެންމެ މަޤްބޫލު
މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދާން އުޅުނު "ކުރިމަގު ދޯނި" އަޑިއަށް ދިއުމުން އެ ދޯނި ފުންކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މާލެ، ޓީޖެޓީގައި ދޯންޏެއް އަޑިއަށް ދާކަމުގެ މައުލޫމާތު މިރޭ 19:31 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މިހާތަނަށް ބެލިބެލުމުން މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުންކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އަދި ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ކުރަމުންދާކަމަސް ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ބަލަމުންނެވެ.