ENGLISH
27 ޖޫން 2026
ކްލަބް މޯލްޑިވްސް ކަޕުގައި ވާދަކުރާ ޓީމުތަކުގެ ކޯޗުންނަށް އުރްބާނީގެ ޚާއްސަ ސެޝަނެއް
27 ޖޫން 2026
|
ކްލަބް މޯލްޑިވްސް ކަޕުގައި ވާދަކުރާ ޓީމުތަކުގެ ކޯޗުންނަށް އުރްބާނީ ނަގައިދިން ޚާއްސަ ސެޝަންގެ ތެރެއިން --- ފޮޓޯ: ކްލަބް މޯލްޑިވްސް
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރު އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް ކަޕް 2026" ގައި ވާދަކުރާ ޓީމުތަކުގެ ކޯޗުންނަށް ޚާއްސަ ސެޝަނެއް ނަގައިދީފިއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގައި ބޭއްވި މި ސެޝަންގައި އުރްބާނީ ވަނީ ފުޓްސަލް މުބާރާތްތަކުގެ ބޭނުން ހިފައިގެން، ހުނަރުވެރި ކުޅުންތެރިން ދެނެގަނެ، އެ ކުޅުންތެރިން ތަމްރީނުކުރުމަށް ގެންގުޅުއްވާ ސްޓްރެޓީޖިކް ތަސައްވުރު ހިއްސާކުރައްވާފައެވެ.
މިއީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު ވަރުގަދަކުރުމަށްޓަކައި، އެންމެން ގުޅިގެން މަސައްކަތްކުރުމަށް ފެށުނު މުހިންމު ދަތުރެއްގެ ފެށުމެއް ކަމަށް ކުލަބު މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
ކްލަބް މޯލްޑިވްސް ކަޕުގައި ވާދަކުރާ ޓީމުތަކުގެ ކޯޗުންނަށް އުރްބާނީ ނަގައިދިން ޚާއްސަ ސެޝަންގެ ތެރެއިން --- ފޮޓޯ: ކްލަބް މޯލްޑިވްސް
މި އަހަރުގެ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަން ފެށުމުގެ ކުރިން އެފްއޭއެމް އާއި ކްލަބް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެ އެއްބަސްވުމުގެ ދަށުން ކްލަބް މޯލްޑިވްސްއިން ބާއްވާ "ކްލަބް މޯލްޑިވްސް ކަޕް" އަދި "އެއިޓީން ތާޓީ" ފުޓްސަލް މުބާރާތްތައް ވަނީ އެފްއޭއެމްއިން އެންޑޯސްކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކަށް ވަނީ ވެފައެވެ.
ރާއްޖޭގެ ފުޓްސަލްގައި އެންމެ ފަޚުރުވެރި ތާރީޚެއް އޮތް ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް ބާއްވާ 20 ވަނަ އަހެރެވެ.