ENGLISH
25 ޖޫން 2026
ވިސާއަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމައިފި
25 ޖޫން 2026
|
ސްރީ ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުން. ބީއެމްއެލްއިން ވަނީ ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާގެ ފައިސާ ދެއްކުމުގައި އިތުރު ލުޔެއް ދީފައި. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލްއިން މިކަން ހާމަކުރީ މީޑިއާތަކާ މިއަދު ހިއްސާކުރި މަޢުލޫމާތުގައެވެ.
ބީއެމްއެލްގެ ސްޕޯކްސްޕަރސަން މުޙައްމަދު ސައީދު ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް މީގެ ކުރިން 'ކޭސްބައި ކޭސް' އަށް ބެލުމަށް ފަހު ބޭންކުން އައީ ކާޑަށް ލިމިޓް ދެމުންކަމަށެވެ.
ސަޢީދު ވިދާޅުވީ މި ބޭނުމަށް ދަރިވަރުންނަށް ބޭރުފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު ބޭންކުން މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް، ވިސާއަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމާފައި ކަމަށެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ، އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ބޭންކުން ވަނީ ހަމަޖައްސައިދީފައެވެ.
ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މިވަނީ މަހަކަށް 1،200 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތަޢުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ބީއެމްއެލް އިން އަންނަނީ ފަހިކޮށްދެމުންނެވެ.
މީގެ އިތުރުން މިހާރު ހަޔަރ އެޑިއުކޭޝަން ޤާއިމުކުރެވިފައިވާ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން، ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މީގެ ސަބަބުން ކިޔެވުމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދަރިވަރުންނަށް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނީ، ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކު އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.