ENGLISH

07 ޖޫން 2026

Advertisement

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ހިއްސާ އޮންނަންޖެހޭ ޒިންމާއެއް: ފަސްޓް ލޭޑީ

07 ޖޫން 2026

|

އައިމިނަތު ޝަފާ

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ލަންކާގެ ގުޑް މާކެޓް ބައްލަވާލެއްވުން ފޮޓޯ:ރައީސް އޮފީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ހިއްސާ އޮންނަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖޫމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، ސިއްހީ ދާއިރާގެ މާހިރުންގެ އިތުރުން ކޮންމެ ފަރުދެއްގެ ހިއްސާ އޮންނަންޖެހޭ ކަމެއްކަމަށެވެ. އަދި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އެންމެހާ ތަކެއްޗަކީ ތަޣައްޔަރުވުމުންނާއި ގެއްލުންހުރި މާއްދާތަކުން ސަލާމަތްވެފައިވާ ތަކެތިކަން ކަށަވަރުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އެކަމަނާ ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އާދަތަކަށް އަހުލުވެރިވުމަކީ އާންމު ސިއްހަތު ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުން، ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރެވި ރައްޔިތުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގެ މަގު ފަހިވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. 

ކޮންމެ އަހަރެއްގެ ވެސް ޖޫންމަހުގެ ހަތް ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުއިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ، "ބާޑަން ޓު ސޮލިއުޝަންސް – ސޭފް ފުޑް އެވްރީވެއާ" މިޝިއާރެވެ. 

ކިޔުންތެރިންގެ ހިޔާލު