ENGLISH
07 ޖޫން 2026
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި
07 ޖޫން 2026
|
ބޯކޮށް ވާރޭ ވެހޭ ދުވަހެއް- ފޮޓޯ: އެޑިޝަން އެމްވީ
އެންމެ މަޤްބޫލު
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މިއަދުގެ މޫސުން ލަފާކޮށް މެޓުން ބުނީ، އިރުއޮއްސި 18:00 އާ ހަމައަށް މެދުރާއްޖެތެރެ އާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެެ.
މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެހެންނަމަވެސް މޫސުން އާދައިގެ ވަރަކަށް ރީތިވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނީ، ދެކުނާއި ހުޅަނގު ދެކުނުން ދެކުނު އަތޮޅުތަކަށް ގަޑިއަކު ފަސް މެލާއި 15 މޭލު ދެމެދު ބާރުމިނުގައި ވައިޖެހޭ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.
މީގެ އިތުރުން، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުރިއިރު ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސް މިނުގައި ދެ ފޫޓާއި ހަތަރު ފޫޓު ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސްވާ ދުވަސްވަރެވެ. އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި، އެ އިދާރާއިން ނެރެމުން އަންނަ މޫސުމުގެ އެލާޓުތަކަށް ވެސް ސަމާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.