ENGLISH
07 ޖޫން 2026
އައްޑޫ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި ދެމިހުންނާނަން: އަޙްމަދު ސަޢީދު
07 ޖޫން 2026
|
ސައީދު އައްޑޫގެ ކެމްޕެއިނުގައި. ފޮޓޯ؛ވަގުތު
އެންމެ މަޤްބޫލު
ކުރިމަގުގައި ވެސް ދެމިހުންނަވާތީ އައްޑޫ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައިކަމަށް ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ނިމިގެންދިޔަ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށްފަހު ނެރުއްވި ބަޔާނުގައި ސައީދު ވަނީ މި އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވި އެ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
"މި އިންތިޚާބުން އަޅުގަނޑަށް ކާމިޔާބީއާ ހަމައަށް ވާސިލުނުވެވުނު ކަމުގައިވިޔަސް ތިޔަބޭފުޅުން ދެއްވި ކޮންމެ ވޯޓަކީ އަޅުގަނޑުގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ހާއްޞަކޮށް އަޅުގަނޑުގެ ކެމްޕެއިންގައި ހޭދަކުރެއްވި، އަޅުގަނޑާއެކު ސާބިތުކަމާއެކު ތިއްބަވައި، ވަގުތާއި ހަކަތަ ދެއްވި ކެމްޕެއިން ޓީމުގެ އެންމެހާ މެންބަރުންނަށް، ފަށްފަށުން ޝުކުރު އަދާކުރަން. ތިޔަބޭފުޅުން ކުރެއްވި ބުރަ މަސައްކަތާއި ދެއްވި އެއްބާރުލުން އަޅުގަނޑު އަބަދުވެސް އުފަލާއެކު ފާހަގަކުރާނަން،". ސައީދުގެ ބަޔާނުގައިވެއެވެ.
ސައީދު ވިދާޅުވީ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހިތަދޫ އުތުރު ދާއިރާއަށާއި، އައްޑޫ ސިޓީގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، އެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރުންކަމަށެވެ.
ބަޔާން ނިންމަވާލެއްވީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ކުރެވޭ ކޮންމެ ކަމެއްގައި އޭނާގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެ ދާއިރާގެ ރައްޔިތުންނަށް ދެއްވަމުންނެވެ.