ENGLISH

07 ޖޫން 2026

Advertisement

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ހަވީރު ރާއްޖެ އަންނަނީ

07 ޖޫން 2026

|

އާމިނަތު ނުޒްލާ

ހައްޖާޖީން ރާއްޖެއައުމަށް މަދީނާ އެއާޕޯޓްގައި-- ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން

ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ރާއްޖެ އަންނާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ހައްޖުވެރިންގެ ދެވަނަ ފްލައިޓް މިއަދު އައުމަށް ހަމަޖެހިފައިވަނީ މާލެ ގަޑިން ހަވީރު 17:40 ގައެވެ. ޙައްޖުވެރީން ރާއްޖެ އަންނަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ދެން އަންނާނީ ހޯމަ ދުވަހާއި އަންގާރަ ދުވަހުއެވެ. 

ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް:

  • 07 ޖޫން 2026 (އާދިއްތަ) މާލެއަށް ޖައްސާ ގަޑި 17:40
  • 08 ޖޫން 2026 (ހޯމަ) މާލެއަށް ޖައްސާ ގަޑި 14:00
  • 09 ޖޫން 2026 (އަންގާރަ) މާލެއަށް ޖައްސާ ގަޑި 00:01

މި އަހަރުވެސް 1,000 ދިވެހީން ޙައްޖުގެ އަޅުކަމަށް ސަޢުދީއަށް ދިޔައެވެ. މިއީ ފަހުގެ ތާރީޚެއްގައި ޙައްޖުވެރީންނަށް އެންމެ ފުރިހަމަ އިންތިޒާމެއް ހަމަޖެއްސި އަހަރެވެ. ޙައްޖުގެ އަޅުކަމަށް ދިޔަ ދިވެހީންނަށް ރަނގަޅު ޚިދުމަތެއް ދިނުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު