ENGLISH
07 ޖޫން 2026
ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފި
07 ޖޫން 2026
|
ހުޅުމާލޭ ހޮސްޕިޓަލް: ފޮޓޯ/ މިހާރު
އެންމެ މަޤްބޫލު
ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައި ހުންނަ މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން ރޭގަނޑު 22:00 އަށް ހިދުމަތް ލިބޭނެކަމަށެވެ. މި ކްލިނިކުން ހިދުމަތް ހޯދުމަށްދާ ހައްޖުވެރިން ހިދުމަތް ހޯދުމަށް ދާންވާނީ މާސްކު އަޅައިގެން ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެެ.
ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ހައްޖުވެރިން ގެޔަށް ދިޔުމަށް ފަހު ހާއްސަކޮށް މާބަނޑު މީހުން ފަދަ ބަލީގެ ހާލަތު ގޯސްވެދާނެ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ގޭގައި ތިބިނަމަ، އެ މީހުންނާ ގާތް ނުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިސްފައިވާއިރު ޙައްޖުވެރީން ރާއްޖެ އަންނާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.
މިއަދު އެއް ގްރޫޕް އަންނަން ހަމަޖެހިފައިވާއިރު ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ހައްޖުވެރިން ރާއްޖެ އަންނާނެއެވެ.