ENGLISH
21 މޭ 2026
ހައްޖު ދުވަހާއި އީދު ދުވަހު ތެލެސިމިއާ ސެންޓަރު ބަންދު
21 މޭ 2026
|
އޮރެންޖް ހިޔާގައި ގާއިމްކޮށްފައިވާ ތެލެސީމިއާ ސެންޓަރ --
އެންމެ މަޤްބޫލު
މިއަހަރުގެ ޙައްޖު ދުވަހާއި އަޟްހާ ޢީދު ދުވަހު މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ ހިދުމަތް ބަންދުވާނެ ކަމަށް އެ ސެންޓަރުން އިއުލާން ކޮށްފި އެވެ.
އެގޮތުން އެ ބްލަޑް ސާރވިސް ބަންދުވާނެ ކަމަށް އިއުލާނުގައި ބުނެފައިވަނީ މޭ 26 ވާ ޙައްޖު ދުވަހާއި، މޭ 27 ވާ އަޟްހާ އީދުގެ ފުރަތަމަ ދުވަހެވެ. މި ދެ ދުވަސް ބަންދުވި ނަމަވެސް، މޭ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ހިދުމަތުން މިހާރުވެސް ހިދުމަތް ދެމުން އަންނަ ގަޑިތަކުގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.
ބްލަޑް ސާރވިސް އިން ވަނީ މި ގެނެވުނު ބަދަލުތަކަށް، ހިދުމަތް ހޯދާ ފަރާތްތަކުން ސަމާލުވުމަށް އެދިފަ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހު 20 ވަނަ ދުވަހުން ފެށިގެން، ހުކުރު ދުވަހުވެސް އެ ސާރވިސް އިން އަންނަނީ ހިދުމަތް ދެމުންނެވެ.